ޢަރަބި ބަހުގައި بسم الله ގެ باء މި އަކުރުގައި އެތައް މާނައެއްވެއެވެ. އޭގެ ތެރޭގައި:
· الإلصاق ގުޅިފައިވުން ކައިރިވުން - الإلصاق ގެ ޙަޤީޤީ މާނައިގައި ޢަރަބި ބަހުގައި باء ބޭނުންކުރެވޭ ގޮތްތަކުގެ ތެރޭގައި مسحت برأسي "އަހަރެންގެ ބޮލުގައި ފެންފޮހެފީމެވެ." އަދި މަޖާޒީ ގޮތުން ބުނެވެއެވެ. مررت بزيد "އަހަރެން ޒައިދުގެ ކައިރިން ދިޔައީމެވެ."
· الاستعانة ވާތްގި ހޯދުން – ޢަރަބި ބަހުގައި ذبحت بالسكين "ވަޅިން ކަތިލައިފީމެވެ." އެބަހީ ވަޅި ބޭނުކޮށްގެންނެވެ.
· القسم ހުވާކުރުން - بالله لقد قام މާނައީ "މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އޭނާ ތެދުވިއެވެ."
· السبب ސަބަބު ބަޔާންކުރުން - { فبظلم من الذين هادوا حرمنا } މާނައީ: "ފަހެ ޔަހޫދީވީމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން ތިމަންރަސްކަލާނގެ ހަރާމް ކުރެއްވީމެވެ."
· الحال ޙާލަތު ބަޔާންކުރުން - جاء زيد بثيابه ޒައިދު އައީ އޭނާގެ ހެދުން ލައިގެންނެވެ.
· الظرفية ވަގުތު ނުވަތަ ތަން ބަޔާންކޮށްދިނުން - زيد بالبصرة ޒައިދުވީ ބަޞަރާގައެވެ.
· النقل ބަދަލުވުން - قمت بزيد އަހަރެން ތެދުވީ ޒައިދާއެކީ ގައެވެ.
· والبدل ބަދަލު - : فليت لي بهم قوماً – އެމީހުންގެ ބަދަލުގަ އެހެން ބަޔަކު ތިމަންނައަށް ވާނެނަމައެވެ.
· المقابلة އެއްޗެއްގެ ބަދަލު ދިނުން - اشتريت الفرس بألف މި އަސްގަތީ އެއްހާސް ރިޔާލަށެވެ.
· المجاوزة ފަހަނައަޅައި ދިޔުން - تشقق السماء بالغمام ވިލާތައް ފޭވެ އުޑުމަތި ސާފުވެއްޖެއެވެ.
· الاستعلاء - {تأمنه بقنطار} މާނައީ: "އެންމެ ދީނާރެއްގެ މިންވަރު އެމީހަކަށް ކަލޭ އަމާނަތްކުރިނަމަވެސް"
އަދި މިނޫން އެތައް މާނައެއް باء ގެ މާނައި ތަކުގެ ތެރޭގައި ހިމެނެއެވެ.
اسم - ގެ މާނަ:
اسم (ނަން) މިކަލިމައިގެ ޖަމްޢުއަކީ أسماء (ނަންތައް) އެވެ.
ޢަރަބި ބަހުގެ ޢިލްމުވެރިން ވިދާޅުވެލައްވާފައިވެއެވެ. الاسم (ނަމަކީ) ސީދާ އެއްޗެއް ނުވަތަ މާނަވީ އެއްޗެއް ނުވަތަ އެއްޗެއްގެ ބާވަތް ބަޔާންކޮށްދޭ ލަފުޒެކެވެ. ޢިރާޤުކަރައިގެ ބަޞަރާގެ ބަހުގެ ޢިލްމުވެރިން ދެކެލައްވާ ގޮތުގައި اسم މިކަލިމަ ނެގިފައިވަނީ السمو އިންނެވެ. އޭގެ މާނައަކީ މަތިވެރިވުން ނުވަތަ އުފިލިފައިވުމެވެ. އެހެނީ އަޞްލު ޢަރަބިންގެ ބަހުރުވައިގައި الاسم މަނައަކީ العلم އެވެ. އަދި العلم އަލަމަކީ މުހިންމުކަންދެވޭ އެއްޗެއްސެވެ. العلم އަލަމެކޭ ޢަރަބިބަހުގައި ބުނެއުޅެނީ ފާހަގަކޮށްލެވޭ ފަރާތަކަށެވެ.
އަދި ޢަރަބި ބަހުގެ ޢިލްމުވެރިންގެ ތެރެއިން ޢިރާޤު ކަރައިގެ ކޫފީން ބުނެފައިވެއެވެ. الاسم ނެގިފައިވަނީ السمة އިންނެވެ. އޭގެ މާނައަކީ ޢަލާމާތެވެ. އެހެނީ الاسم (ނަމަކީ) އެނަން ދެވިފައިވާ މީހާ ބަޔާންކޮށްދޭ ޢަލާމާތެކެވެ. އެހެންވީމާ اسم ގެ އަޞްލަކީ وسم އެވެ.
ﷲ - ލަފްޒުލް ޖަލާލާގެ މާނަ
ﷲ އަކީ އަޅުކަންކުރުން ޙައްޤުވެގެންވާ އިލާހުގެ علم (ނަންފުޅެވެ.) ބައެއް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި އެއީ އެހެން އަސްލަކުން އުފެދިފައިނުވާނަމެކެވެ. އެއީ އެނަން އެހެންކަލިމަޔަކުން ނެގިފައިނުވެޔޭ ބުނެވެނީ ﷲ ތަޢާލާގެ އިސްމުފުޅަކީ އެންމެ އިސްވެގެންވާ ނަންފުޅުކަމުގައިވާތީއެވެ. އެނަންފުޅަކީ އެހެން ނަންތަކެކޭ އެއްފަދައިން އޭގައި ދެވަނަ އެހެން މާނައެއްނުވާ ﷲ ގެ ނަންފުޅެވެ. ނަމަވެސް ރަނގަޅު ޤައުލެއްކަމުގައި ގިނަ ޢިލްމުވެރިން ބުރަވެލައްވަނީ ﷲ ގެ ނަންފުޅަކީވެސް مُشْتَقٌّ ނަންފުޅެއް (އެބަހީ: އެހެން ކަލިމަޔަކުން) އެ ލަފުޒު ދޭހަކޮށްދޭ ނަމެއްކަމުގައެވެ. ނަމަވެސް އެނަން ނެގިފައިވަނީކޮން އަޞްލަކުން ކަމާއިމެދު ޢިލްމުވެރިންގެ މެދުގައިވަނީ ޚިލާފުވެފައެވެ. އެގޮގުން ބަލާއިރު:
- [ألهتُ إلى فلان]: އޭ ބުނެވެނީ އޭނާގެ ކައިރިޔަށް ގޮސް ހަމަޖެހިލުމަށެވެ.
-[ألهَ الرجل يأله] އޭ ބުނެވެނީ މީހަކަށް ދިމާވެފައިވާ ކަމަކުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދޭ ތީއެވެ.
- [أله الاهة والُوهَة] މަނާއަކީ އަޅުވެތިވުމެވެ. عبد
- އަދި ބުނެވެއެވެ. الإله ނެގިފައިވަނީ لاه ، يليه ، ليهاً މިކަލިމައިންނެވެ. މާނައީ ފޮރުވިފައިވުމެވެ.
الرحمن الرحيم – ގެ މާނަ
رحم އަކީ الرَّحْمة އެވެ. އެބަހީ އޯގާތެރިކަމާއި ** އެވެ.
މާތް ﷲ ކީރިތި ޤުރްއާން ސިފަކުރައްވާފައިވަނީ هُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ (الأعراف : 52 ) މުއުމިނުތަކުންނަށްހުރި ހިދާޔަތަކާއި ރަޙްމަތެއްކަމުގައެވެ.
އަދި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وتَواصَوْا بالصَّبْر وتواصَوْا بالمَرحَمَةِ" އެއްބަޔަކު އަނެއްބަޔަކަށް ކެތްތެރިވުމަށް ވަޞިޔަތްކޮށް އެއްބަޔަކު އަނެއް ބަޔަކަށް ނިކަމެތިންނަށް އޯގާތެރިވެ ހަމްދަރުދީވުމަށް ވަޞިއްޔަތް ކުރާމީހުންނެވެ."
وتَرَحَّم عليه އަކީ އޭނާއަށް ރަޙުމަތް ލެއްވުން އެދި ދުޢާކުރުމެވެ.
الرَّحْمَنُ الرحيم – މިދެކަލިމަ އަކީވެސް الرَّحْمة އިން ނެގިފައިވާ ދެކަލިމައެވެ. މިދެކަލިމަވެސް ދަލާލަތުކުރަނީ ﷲ ތަޢާލާގެ ރަޙުމަތުގެ ޞިފަޔަށެވެ.
ފުރަތަމަ ކަލިމަ ބިނާވެފައިވަނީ فَعْلانَ ގެ ވަޒަނަށެވެ. އެއިން ދޭހަކޮށްދެނީ މާތް ﷲ ގެ ރަޙުމަތުގެ ބޮޑުކަމާއި ގިނަކަމެވެ. އެހެނީ އެކަލާނގެ ރަޙްމަތް ހުރިހާ އެއްޗަކަށްވުރެ ތަނަވަސްވެގެންވެއެވެ. އަދި އެކަލާނގެއީ أَرْحَمُ الراحمين، އޯގާތެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ އޯގާތެރި އިލާހެވެ.
الرَّحْمن ކަލިމައަށްފަހު الرَّحِيمُ ގެ ކަލިމަ ގެންނަވާފައިވުމުގެ ބޭނުމަކީ الرَّحْمن އަކީ މާތް ﷲ އަށް ޚާއްޞަވެގެންވާ އިސްމުފުޅެކެވެ. ނަމަވެސް الرحيم އެހެން ފަރާތްތަކަށްވެސް ނިސްބަތް ކުރެވޭތީއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. بسم الله الرَّحْمن الرحيم މި ޖުމްލައިގައި الرَّحْمن އަށް ފަހުގައި الرَّحِيمُ އައީމާ އޭގެ މާނައަކީ الرَّحْمن ގެ އިސްމުފުޅުން ހުރިހާ ތަކެއްޗަކަށް އެކަލާނގެ ރަޙުމަތް ތަނަވަސްވެގެންވާ ކަން ހާމަކޮށްދެއްވައި الرَّحِيمُ މުއުމިނުތަކުންނަށް ޚާއްޞަ ރަޙުމަތެއް އެއްވާކަން ބަޔާންކޮށްދެއްވުމަށޭވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وكان بالمؤمنين رَحِيماً" މާނައީ: "**"
ބަހުގެ ޢިލްމުވެރިންގެ އަރިހުގައި الرَّحْمن ގެ މާނައަކީ، އެރަޙުމަތަށްވުރެ އިތުރުވެގެންވާ ރަޙުމަތެއް ނުވާފަދަ ބޮޑު ރަޙުމަތެއްގެ ވެރި އިލާހެވެ. އެހެނީ އެ ކަލިމައިގެ ވަޒަނީ فَعْلان އެވެ. އަދި އެއީ أَبنية المبالغة (އެންމެ ގިނަގޮތް ބަޔާންކުރާ ބާވަތުގެ) ނަމެކެވެ. އެހެންވީމާ، މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް الرَّحْمن ގެނަން ދިނުން ހުއްދަވެގެން ނުވެއެވެ. އެއީ އެނަމުގެ މާނައަކީ ރަޙުމަތުގެ އެއަށްވުރެ މަތިވެރި ދަރަޖައެއް ނުވާ އެންމެ މަތީ ދަރަޖައިގެ އެންމެ ގިނައިން ނުވަތަ އެންމެ ބޮޑަށް އޯގާވަންތަ ރަޙުކުރައްވާ ފަރާތެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ( قل ادْعُوا الله أَو ادعوا الرَّحْمَنَ) މާނައީ: "**"
އަދި رَحِيمٌ އަކީ فَعِيلٌ ކަންކުރާ فاعلٍ ގެ މާނާއިގައެވެ. މިސާލަކަށް سَمِيعٌ މާނައަކީ سامِع (އަޑުއަށްސަވާ) އިލާހެވެ. އަދި قديرٌ ގެ މާނައަކީ قادر (ކުޅަދުންވަންތަ) އިލާހެވެ.
ބައެއް ބޭކަލުން ދެކެލައްވާ ގޮތުގައި ގެ الرَّحْمن الرَّحيم މި އިސްމުފުޅު އެކުގައި ގެންނަވާފައިވަނީ الرَّحْمن އަކީ ޢިބްރާނީ ބަހެކެވެ. އަދި الرَّحيم އަކީ ޢަރަބި ބަހަކަށް ވާތީއެވެ.
ޢަރަބި ބަހުގައި އާދަމުގެ ދަރީންނަށް ނިސްބަތްކޮަށް ބުނެވޭ الرَّحْمَةُ އަކީ ހިތްތުގެ އިޙްސާސެކެވެ. ހަމްދަރުދީ އާއި އޯގާތެރިކަމެވެ. رَحْمَةُ الله – އެފަރާތަކަށް އެކަލާނގެ ލައްވާ އޯގާތެރިކަމާއި އިޙްސާންތެރިކަމާއި އެކަލާނގެ ރިޒުޤުތަނަވަސްކޮށްދެއްވުމެވެ.
بسم الله ގެ مشروعية
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ } [الفاتحة/1]
އަދިވެސް ވަޙީކުރައްވާފައިވެއެވެ. { وَقَالَ ارْكَبُوا فِيهَا بِسْمِ اللَّهِ مَجْرَاهَا وَمُرْسَاهَا إِنَّ رَبِّي لَغَفُورٌ رَحِيمٌ (41)} [هود/41]
އަދިވެސް ވަޙީކުރައްވާފައިވެއެވެ. { إِنَّهُ مِنْ سُلَيْمَانَ وَإِنَّهُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (30)} [النمل/30].
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި:
- ރަސްރަސްކަލުންނަށް އެކަލޭގެފާނު ފޮނުއްވެވި ފަތްކޮޅުތަކުގައި ބިސްމި ލިޔުއްވާފައިވެއެވެ. އެގޮތުން ހިރަޤުލް އަށް ފޮނުއްވެވި ސިޓީފުޅުގައި ވެއެވެ. "بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ . مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ . سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى ، أَمَّا بَعْدُ فَإِنِّى أَدْعُوكَ بِدِعَايَةِ الإِسْلاَمِ ، أَسْلِمْ تَسْلَمْ ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ([1]) މާނައީ: "މާތް ﷲ ގެ އިސްމުފުޅުން ފަށަމެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމުވަންތަ ރަސްކަލާނގެއެވެ. ﷲ ގެ އަޅާ އަދި ރަސޫލާ މުޙައްމަދު ބުން ޢަބްދު ﷲ ގެ ފަރާތުން ރޫމީގެ މަތިވެރި ރަސްގެފާނު ހިރަޤުލް އަށް؛ ޙައްޤުގެ މަގަށް ތަބާވެއްޖެ ބަޔަކަށް ސަލާމް ހުއްޓެވެ. އެއަށްފަހު ދަންނައެވެ. ތިމަންކަލޭގެފާނު އިސްލާމް ދީނުގެ ގޮވައިލުމުން ކަލެއަށް ދަޢުވަތު ދެމެވެ. އިސްލާމްވާށެވެ! ސަލާމަތްކަންހުރީ އެގޮތުގައެވެ. އޭރުން ކަލެއަށް މާތް ﷲ ގެ ދަރުމައާއި އަޖުރު ދެފަހަރަށް ލިބޭނެއެވެ."
- އަބޫ ދާވުގެ އެކަލޭގެފާނުގެ ސުނަނުގައި އަބިލް މަލީޙުގެ އަރިހުން ރިވާކުރައްވާފައިވއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ފަހަތްޕުޅުގައި އެއްސަވާރީއެއްގައި އިންނެވި ޞަޙީބީއެއްގެ އަރިހުން ރިވާވެގެންވެއެވެ. "ދާއްބަ ތެޅިގަތް ހިނދު ތިމަންނާ ބުނީމެވެ. تَعِسَ الشَّيْطَانُ ޝައިޠާނާ ހަލާކުވެއްޖެ/ނިކަމެތިވެއްޖެއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. "ތިޔަހެން تَعِسَ الشَّيْطَانُ އޭނުބުނާށެވެ. އެފަދައިން ބުނެއްޖެނަމަ އޭނާގެ ބޮޑާކަން އިތުރުވެގެންގޮސް ގެއެއްވަރަށް އޭނާ ފުފިދާނެއެވެ. އަދި އޭނާ ބުނާނެއެވެ. ތިނަމްނަގެ ބާރުގައެވެ. (އެބަހީ: އެސަވާރީއަށް އެހެންވީ ތިންމަނާގެ ސަބަބުންނެވެ.) ނަމަވެސް بِسْمِ اللَّهِ އޭ ބުނާށެވެ. މިފަދައިން ކިޔައިފިނަމަ ޝައިޠާނާ ކުޑަވެގެންގޮސް މެއްސެއްވަރަށް ކުޑަވާނެއެވެ.([2])
ބިސްމިކިޔުން ސުންނަތްވެގެންވާ ކަންތައްތަކާއި ސުންނަތްވެގެން ނުވާ ކަންތައްތައް:
އަޅުތަކުންގެ ޢަމަލުތައް ބެހިގެންވަނީ ތިންބަޔަކަށެވެ. އެއީ:
1) އެކަންކަމުގައި الْبَسْمَلَةُ ކިޔުން ޝަރުޢުވެގެންވާ ކަންތައްތައް
2) އެކަންކަމުގައި الْبَسْمَلَةُ ކިޔުން ޝަރުޢުވެގެން ނުވާ ކަންތައްތައް
3) އެކަންކަމުގައި الْبَسْمَلَةُ ކިޔުން މަކުރޫހަވެގެންވާ ކަންތައްތައް
އެކެއް: އެކަންކަމުގައި الْبَسْمَلَةُ ކިޔުން ޝަރުޢުވެގެންވާ ކަންތައްތައް މިސާލަކަށް ހިނައިގަތުމާއި ވުޟޫއު ކުރުންމާއި ތަޔަމަމު ކުރުމާއި (މިކަންކަމުގައި ކޮންމެވެސް ވަރެއްގެ ޚިލާފުތަކެއް އެބަހުއްޓެވެ.) އަދި ޛަބަޙު ކުރުމާއި ޤުރްބާނީ ކަތިލުމާއި ކީރިތި ޤުރްއާން ކިޔެވުމާއި ހަމައެފަދައިން އަޅުކަން ނޫން އެކަންކަމަކީ މުބާޙުކަންތައްތައް ކަމުގައި ހިމެނޭ ކެއިންބުއިމާ އަނބިމީހާއާއި އެކުގައި އެއްދާންކުރުން ފަދަ ކަންކަމެވެ.
ދޭއް: އެކަންކަމުގައި الْبَسْمَلَةُ ކިޔުން ޝަރުޢުވެގެން ނުވާ ކަންތައްތައް މިސާލަކަށް ނަމާދު ކުރުން ފެށުމުގެ ކުރިންނާއި ބަންގީގެ ކުރިންނާއި ޙައްޖާއި ޢުމުރާ ފަށާއިރުއާއި އަދި ޛިކުރުތަކާއި ދުޢާތަކުގައެވެ.
ތިނެއް: އެކަންކަމުގައި الْبَسْمَلَةُ ކިޔުން މަކުރޫހަވެގެންވާ ކަންތައްތައް މިސާލަކަށް ޙަރާމް ކަންތައްތަކަށް އަރައިގަންނަ ހިނދުގައިއްޔާއި އެހެނީ ބިސްމިކިޔަނީ ބަރަކާތަށް އެދިކަމުގައި ވީހިނދު، ޙަރާމްކަމެއްގައި ބަރަކާތެއް ނުވެއެވެ.
{بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ} ގެ ބައެއް ޙުކުމްތައް:
ޞަޙާބީން ކީރިތި ޤުރްއާނު ފައްޓަވާފައިވަނީ ބިސްމީންނެވެ. އަދި ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެލައްވާ ގޮތުގައި ބިސްމިޔަކީ ނަމްލު ސޫރަތުގެ އާޔަތެއްގެ އެއްބައެވެ. ނަމަވެސް އެބޭކަލުން ޚިލާފުވެލައްވާފައިވަނީ އެއީ ކޮންމެ ސޫރަތަކަށް ވަކިވަކިން އާޔަތެއްތޯ ނުވަތަ ހަމައެކަނި ފާތިޙާ ސޫރަތުގެ އާޔަތެއްތޯ؟ ނުވަތަ އެއީ ހަމައެކަނި ދެސޫރަތް ދެމެދުގައި ވަކިކުރުމަށް ލިޔެވޭ އާޔަތެއްތޯ؟
ސުނަނު އަބޫ ދާވޑުގައި އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. " كان لا يعرف فصل السورة حتى ينزل عليه { بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ }" މާނައި: "ބިސްމި ބާވައިލެއްވެންދެން ސޫރަތް ނިމޭހިސާބެއް އެކަލޭގެފާނަކަށް އެނގިވަޑައިނުގަންވައެވެ."
ފުރަތަމަ ޤައުލު: އެއީ ކޮންމެ براءة ސޫރަތް ފިޔަވައި ސޫރަތެއްގެވެސް އާޔަތެކެވެ. މިބަސްފުޅަކީ ابن عباس، وابن عمر، وابن الزبير، وأبو هريرة، وعليّ އަދި ތާބިޢީ ބޭކަލުންގެ ތެރެއިން عطاء، طاوس، سعيد بن جبير، مكحول، الزهري، عبد الله بن المبارك، އަދި ހަތަރު މަޛުހަބުގެ އިމާމުންގެ ތެރެއިން الشافعي، وأحمد بن حنبل، ގެ ބަސްފުޅެވެ.
ދަލީލު: އަބޫހުރައިރާ ކީރިތި ރަސޫލާގެ އަރިހުން ރިވާކުރައްވާފައިވާ މި ޙަދީޘްފުޅެވެ. "إذا قرأتم الحمد لله فاقرؤوا بسم الله الرحمن الرحيم إنها أم القرآن وأم الكتاب والسبع المثاني وبسم الله الرحمن الرحيم إحداها"
ދެވަނަ ޤައުލު: އެއީ ފާތިޙާ ސޫރަތުގެވެސް އަދި އެނޫން ސޫރަތެއްގެވެސް އާޔަތެއް ނޫނެވެ. މިއީ އިމާމު މާލިކުގެ ބަސްފުޅެވެ.
ތިންވަނަ ޤައުލު: އެއީ ދެސޫރަތް ދެމެދުގައި ވަކިކުރެއްވުމަށް ބާވައިލެއްވުނު ވަކި އާޔަތެކެވެ. އެއީ ފާތިޙާ ސުރަތުގެ އާޔަތެއް ނޫނެވެ. މިއީ އަބޫ ޙަނީފާގެ ބަސްފުޅެވެ.
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ މާތްﷲ ގެ އިސްމުފުޅުން ފަށައިގަންނަމެވެ. އެކަލާނގެއީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާންގެއެވެ.
ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެފައިވާގޮތުގައި بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ އަކީ النمل ސޫރަތުގެ އާޔަތެކެވެ.
· الإمام الشافعي ވިދާޅުވަނީ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ އަކީ ސޫރަތުލް ފާތިޙާގެ އާޔަތެކެވެ. އަދި ކޮންމެ ސޫރަތެއްގެ އާޔަތެކެވެ.
· الإمام مالك ވިދާލުވަނީ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ އަކީ ހަމައެކަނި سورة النمل ގެ އާޔަތެކެވެ. އެހެނީ އެއީ ސޫރަތުލްފާތިޙާގެ އާޔަތެއް ނޫނެވެ.
· الإمام أبو حنيفة ވިދާޅުވަނީ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ އަކީ ޤުރުއާނުގެ އާޔަތެކެވެ. އެއީ ސޫރަތުލް ފާތިޙާގެ އާޔަތެއް ނޫނެވެ.
ابن مسعود ވިދާޅުވެފައިވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ހަޟްރަތުގައިވާ زبانية މަލާއިކަތުންގެ ކިބައިން ރައްކާތެރިކަން އެދޭމީހާ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ކިޔަވާށެވެ. އެހެނީ އެއިން ކޮންމެ އަކުރެއްގައި ﷲ ތަޢާލާ ޢަޛާބުން މިންޖުކޮށްދޭނޭ ފަރުވާއެއް ލައްވާފައިވެއެވެ.
ابن بريدة އެކަލޭގެފާނުގެ ބައްޕަގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް އާޔަތެއް ބާވާލެއްވިއްޖެއެވެ. އެއީ ތިމަންކަލޭގެފާނަށް داودގެފާނުންގެ ދަރިކަލުން سليمان عليه السلام އަށް އެކަނި ބާވާލެއްވުނު އާޔަތެކެވެ. އެއީ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ އެވެ.
] الْحَمْدُ لِلَّـهِ رَبِّ الْعَالَمِين [ މާނަ: މާތްﷲ ގެ ޙަޟްރަތަށް ހަމްދު ހުއްޓެވެ. އެކަލާނގެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެއެވެ.
أبو هريرة އާއި أبو سعيد الخدريގެ އަރިހުން ރިވާވެފައިވެއެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " އަޅާ الْحَمْدُ لِلَّـهِ އޭ ކިޔުމުން މާތްﷲ ވަޙީ ކުރައްވާނެއެވެ. ތިމަން ﷲގެ އަޅާ އެބުނީ ހަމަ ތެދެކެވެ. ހުރިހާ ޙަމްދެއްވަނީ ތިމަންރަސްކަލާނގެ އަށެވެ.
انس بن مالك ގެ އަރިހުން ރިވާ ވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ކެއުމާއި ބުއިމަށްފަހު މާތްﷲ އަށް ޙަމްދުކުރާ އަޅާއަށް ހަމަކަށަވަރުން އެކަލާނގެ ރުހިވޮޑިގަންނަވައެވެ.
أبو مالك الأشعري ގެ އަރިހުން ރިވާވެފައިވެއެވެ.އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. الْحَمْدُ لِلَّـهِ މީޒާން ފުރާލައެވެ.އަދި سبحان الله والحمد لله މި ދެކަލިމަ އުޑާއިބިމާއި ދެމެދު ފުރާލައެވެ. އެހެނީ އެކިޔުމުން ލިބޭ ޘަވާބު އެހާވެސް ގިނައެވެ.
الْحَمْدُ ގެ މާނައަކީ ޢަރަބި ބަހުގައި ފުރިހަމަ ޘަނާއެވެ.
عبد الله بن عباس ގެ ކިބައިން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. الْحَمْدُ لِلَّـهِ އަކީ ކޮންމެ ޝުކުރުކުރައްވާ ބޭކަލެއްގެ ކަލިމައެކެވެ. އާދަމްގެފާނު ކިނބިހިފުޅު އެޅުއްވުނު ހިނދު الْحَمْدُ لِلَّـهِ ވިދާޅުވިއެވެ. އަދި މާތްﷲ ނޫޙްގެފާނަށް ވަޙީކުރެއްވިއެވެ. ]فَقُلِ الْحَمْدُ لِلَّـهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ[(سورة المؤمنون :28) މާނަ: ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ.އަނިޔާވެރިވި މީހުންގެ ކިބައިން ތިމަންމެން ސަލާމަތްކުރެއްވި މާތް اللَّه އަށް حمد ހުށްޓެވެ.
އަދި އިބްރާހީމްގެފާނު ވިދާޅުވިއެވެ. ] الْحَمْدُ لِلَّـهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَ [(سورة ابراهيم: 39) މާނަ: އެންމެހާ حمد އާ ތަޢުރީފްހުރީ މާތްﷲ އަށެވެ. އެކަލާނގެއީ އަޅާއަށް އަޅުމުސްކުޅިވިދުވަހު إِسْمَاعِيل އާއި إِسْحَاق ދެއްވި ރަސްކަލާނގެއެވެ.
އަދި داودގެފާނާ ސުލައިމާނުގެފާނުގެ ވާހަކަގައި މާތްﷲ ވަޙީ ކުރެއްވިއެވެ. ] وَقَالَا الْحَمْدُ لِلَّـهِ الَّذِي فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ الْمُؤْمِنِينَ [(النمل: 15) މާނަ: އެދެބޭކަލުން (ދާއުދުގެފާނާ ސުލައިމާނުގެފާނު ވިދާޅުވިއެވެ.) މާތްﷲ އަށް ޙަމްދު ހުއްޓެވެ. އެކަލާނގެއީ އެކަލާނގެއަށް އީމާންވި އަޅުންގެ ތެރެއިން ގިނަބައެއްގެ މަށްޗަށް އަޅަމެން މާތްކުރެއްވި ރަސްކަލާނގެއެވެ.
އަދި އެކަލާނގެ ނަބިއްޔާ محمد صلى الله عليه وسلم އަށް ވަޙީ ކުރައްވާ އެންގެވިއެވެ. ] وَقُلِ الْحَمْدُ لِلَّـهِ الَّذِي لَمْ يَتَّخِذْ وَلَدًا [(الإسراء: 111) މާނަ:އަދި ކަލޭގެފާނު ވިދާޅުވާށެވެ. ޙަމްދުހުރީ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ދަރިކަލަކުނުވާ ރަސްކަލާނގެއެވެ.
] وَقَالُوا الْحَمْدُ لِلَّـهِ الَّذِي أَذْهَبَ عَنَّا الْحَزَنَ [(فاطر: 38) މާނަ: އަދި އެބައިމީހުން (ސުވަރުގޭގެ އަހުލުވެރިން ދަންނަވާނެތެވެ.) ތިމަންމެންގެ ކިބައިން ހިތާމަތަށް ފިއްލަވައިދެއްވި މާތްﷲ އަށް ހަމްދުހުއްޓެވެ.
އަދިވެސް ވަޙީ ކުރައްވައެވެ. ] وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ [(يونس: 10) މާނަ:އެބައިމީހުންގެ (ސުވަރުގޭގެ އަހުލުވެރިންގެ) ފަހުގެ ދުޢާއަކީ الْحَمْدُ لِلَّـهِ رَبِّ الْعَالَمِين އެވެ. އެހެނީ ޢާލަމްތައް ހެއްދެވި މާތް ﷲ އަށް ޙަމްދުއާއި ޝުކުރު ހުއްޓެވެ.
ابن عباس ވިދާޅުވެފައިވެއެވެ. الْحَمْدُ لِلَّـهِ رَبِّ الْعَالَمِين ގެ މާނައަކީ: އުޑުތަކާއި ބިމާއި އެދެމެދުގައިވާހާ ތަކެއްޗެއް ހެއްދެވި މާތްﷲ އަށް ހަމްދު ހުއްޓެވެ. އަހަރެމެންނަށް އެނގިގެންވާ ތަކެއްޗާއި ނޭނގިވާ ތަކެއްޗަށެވެ.
] الرَّحْمَـٰنِ الرَّحِيمِ [( (އެކަލާނގެއީ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ.
الإمام القرطبي ވިދާޅުވެފައިވެއެވެ. މާތްﷲ އެކަލާނގެ ޛާތުފުޅަށް رَبِّ الْعَالَمِين އަށްފަހު الرَّحْمَـٰنِ الرَّحِيمِ އިން ސިފަކުރައްވައެވެ.
الرَّحْمَـٰنِ الرَّحِيمِ ގެމާނައަކީ: އެންމެހާ ތަކެއްޗަށް ދުނިޔޭގައި ރަޙްމަތްލައްވާރަސްކަލާނގެއެވެ. އަދި ޚާއްޞަކޮށް ކިޔަމަން ތެރިވި އަޅުންނަށް އާޚިރަތުގައި ރަހްމަތްލައްވާ ރަސްކަލާނގެއެވެ.
أبو هريرة رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. މާތްﷲ ގެ ޙަޟްރަތުގައިވާ ޢުޤޫބާތް މުއުމިނުންނަށް އެނގޭނަމައެއްވެސް މިހަކު ސުވަރުގެއަށް ދާނޭކަމުގެ އުއްމީދު ނުކުރާނެއެވެ. އަދި ކާފިރުންނަށް މާތްﷲ ގެ ރަހްމަތުގެ ގިނަކަން ނުވަތަ މާތްﷲ ގެ އޯގާވަންތަކަން އެނގޭނަމަ ސުވަރުގެއަށް ދިއުމުގެ އުއްމީދު ކަނޑައެއް ނުލާނެއެވެ.
މާތްﷲ ވަޙި ކުރައްވާފައިވެއެވެ. ] نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ . وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ [(الحجر: 49-50)
މާނަ:ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރުދެއްވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ޢަފޫކުރައްވާ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ޢުގޫބާތް ގަދަފަދވެގެންވާ ރަސްކަލާނގެއެވެ.
] مَالِكِ يَوْمِ الدِّينِ [ އެކަލާނގެއީ ޤިޔާމަތްދުވަހުގެ ވެރިރަސްކަލާނގެއެވެ.
މާތްﷲ ވަޙި ކުރައްވާފައިވެއެވެ. ] لِّمَنِ الْمُلْكُ الْيَوْمَ ۖ لِلَّـهِ الْوَاحِدِ الْقَهَّارِ [(الحجر: 49-50) މާނަ؛ މިއަދު ވެރިކަންވަނި ކާކަށްހެއްޔެވެ.
މިއާޔަތުގައި ޤިޔާމަތްދުވަސް ޚާއްޞަ ކުރެވިފައި އެވަނީ އެބަހީ ޤިޔާމަތްދުވަހުގެ ވެރި ރަސްކަލާނގެއޭ އައިސްފައި އެވަނީ އެދުވަހު މާތްﷲ އަށްޓަކައި ހުރިހާ މަޚްލޫޤާތުތައްވެސް ތިބޭނި ނިކަމެތި ވެފައެވެ.
މާތްﷲ ވަޙި ކުރައްވާފައިވެއެވެ. ] يَوْمَئِذٍ يُوَفِّيهِمُ اللَّـهُ دِينَهُمُ الْحَقَّ [(النور: 25) މާނަ: އެދުވަހު ޤިޔާމަތްދުވަހު އެބައިމިހުންގެ ޢަމަލުތަކުގެ ޙައްޤު ޖަޒާ އެމީހުންނަށް ހަމައަށް މާތްﷲ ދެއްވާނެތެވެ.
] الْيَوْمَ تُجْزَىٰ كُلُّ نَفْسٍ بِمَا كَسَبَتْ [(غافر: 17) މާނަ: ޤިޔާމަތްދުވަހު ކޮންމެ މީހަކަށް ޖަޒާ ދެއްވާހުށީ އެމީހަކު ކުޅަ ޢަމަލުތަކާ އެއްގޮތަށެވެ.
] إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ [ މާނަ: އަޅަމެން އަޅުކަންކުރަނީ އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.
ސޫރަތުލް ފާތިޙާ ފެށިގެން މިއާޔަތާ ހަމައަށް އެވަނީ މާތްﷲ އަށް ޘަނާ ބަޔާންކޮށްދިނުމަށެވެ. އަދި ވާހަކަ ދެކެވިފައިވަނީ ޣައިބުގެ އުޞޫލަށެވެ. މުޚާޠަބުގެ އުޞޫލަކަށްނޫނެވެ. ނަމަވެސް ކުރިން މުޚާޠަބު ކުރެވުނު އުސްލޫބާއި ގޮތް ބަދަލުވެ މިހާރު އެވަނީ މުޚާޠަބުގެ އުޞޫލަށް އުސްލޫބު ބަދަލުވެފައެވެ.
މާތްﷲ ވަޙި ކުރައްވާފައިވެއެވެ. ] فَاعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ [(هود: 123) މާނަ: ފަހެ ކަލޭގެފާނު އެކަލާނގެއަށް އަޅުކަންކުރަށްވާށެވެ. އަދި އެކަލާނގެއަށް ވަކީލުކުރާށެވެ. ތިޔަބައިމީހުންކުރާ ކަންތަކާމެދު އެކަލާނގެ ޣާފިލުވެ ވޮޑިގެނެއްނުވެއެވެ.
] اهْدِنَا الصِّرَاطَ الْمُسْتَقِيمَ [ މާނަ: އަޅަމެންނަށް ސީދާ ވެގެންވާ ތެދުމަގު ދައްކަވާނދޭވެ.
މިއާޔަތުގައި މާތްﷲ އެވަނީ ދުޢާކުރާނޭގޮތް އަންގަވައި ދެއްވާފައެވެ.
މާތްﷲ ވަޙި ކުރައްވާފައިވެއެވެ. ] فَاعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ [(هود: 123) މާނަ: މާތްﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރި މިހުންނަށް އެހެންމަގުތަކަށް މަގު ދައްކާށެވެ.
އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ] إِنَّ هَـٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ[ (اسراء: 9) މާނަ: ހަމަކަށަވަރުން ސީދާކަން އެންމެ ބޮޑު މަގަށް މި ޤުރުއާން މަގު ދައްކައެވެ. މިއާޔަތުގައި ސީދާވެގެންވާ ތެދުމަގަކީ އިސްލާމްދީނެވެ. އެހެނީ ރަސޫލާ صلى الله عليه وسلم އުޅުއްވި ގޮތެވެ.
] صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ [ މާނަ:އެބޭކަލުންގެ މައްޗަށް އިބަރަސްކަލާނގެ ނިޢުމަތްދެއްވިމިހުންގެ މަގެވެ.
ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ މާތްﷲ އެބޭކަލުންނަށް ނިޢްމަތް ދެއްވި ބޭކަލުންނަކީ ނަބީބޭކަލުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނެވެ. އެއީ އަންނަނި އާޔަތުގައިވާ ފަދައިންނެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ] وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا [ (النساء: 69)
] غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ [ މާނަ:އެ އުރެންގެ މައްޗަށް ކޯފާ ލެއްވިގެންވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއް ނުމެނޫންމެއެވެ.
އެބައެއްގެ މައްޗަށް ކޮފާ ލެއްވިގެންވާ މީހުންނާ ބެހޭގޮތުން އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. އެބައެއްގެ މައްޗަށް ކޮފާލެއްވިގެންވާ ބަޔަކީ ޔަހޫދީންނެވެ. މަގުފުރެދިފައިވާ ބަޔަކީ ނަޞާރާއިންނެވެ.
އިސްވެ މިބުނެވުނު ޙަދީޘަށް މިއާޔަތުންވެސް ބާރު ލިބެއެވެ. ] وَبَاءُوا بِغَضَبٍ مِّنَ اللَّـهِ[ (العمران: 112) މާނަ: އެބައިމީހުންނަށް އެބަހީ ޔަހޫދީންނަށް މާތްﷲ ކޯފާ ލެއްވިއެވެ.
އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ] وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ [ (المائدة: 77) މާނަ: އަދި ހަމަކަށަވަރުން ކުރީން މަގުފުރެދިފައިވާ އަދި ގިނަ ބަޔަކު މަގު ފުރައްދާފައިވާ އަދި ތެދު މަގުން އެއްކިބާވެ މަގު ފުރެދިފައިވާ ބައެއްގެ އެދުން ތަކަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ.
Harrah's Cherokee Casino & Hotel - Mapyro
ReplyDeleteHarrah's Cherokee Casino & Hotel. 수원 출장샵 97575 Casino Center Drive, Cherokee, NC 평택 출장마사지 28719. Directions 익산 출장안마 · (484) 693-8120. Call 양산 출장마사지 Now · More Info. Hours, Accepts Credit Cards, 제주 출장마사지 Attire, Wi-Fi. Rating: 2.5 · 7 reviews