Monday, June 13, 2011

سورة البقرة: 53-49 ވަނަ ގެ އާޔަތުގެ ތަފްސީރު

]وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ وَفِي ذَٰلِكُم بَلَاءٌ مِّن رَّبِّكُمْ عَظِيمٌ [ ( سورة البقرة: 49)  މާނަ: އަދި فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ.
نَجَّيْنَاكُم ގެ އަޞްލު މުރާދަކީ އުސްބިމަކަށް އެއްލައިލުމެވެ. ދެން ކާމިޔާބުވާ ކޮންމެ މީހަކަށް މި ލަފްޡު ބޭނުން ކުރެވެއެވެ. ދަނތި އުނދަގޫކަމަކުން ފަސޭހަ ކަމަކަށް އަންނަ ކޮންމެމީހަކަށް މިބަސް الناجي ބޭނުންކުރެވެއެވެ.
މި އާޔަތުގައި މިވާ آل فِرْعَوْن މުރާދަކީ ފިރްޢައުނަށް ތަބަޢަވީ މީހުންނެވެ. ފިރުޢައުނަށް ތަބަޢަވީ އޭނާގެ ދީނުގެ މީހުންނެވެ. ބުނެވޭ ގޮތުގައި فِرْعَوْن މިލަފްޡަކީ ޢަމާލިޤާގެ ރަސްކަލުންނަށް ކިޔާނަމެވެ. އެބަހީ ލަޤަބެވެ. މިފަދަ މިނޫން އެހެން ލަޤަބްތައް އެކިއެކި ރަސްކަލުންނަށް ދެވިފައިވާ ފަދައިންނެވެ. މިސާލަކަށް: އިރާނުގެ ނުވަތަ ފާރިސްކަރައިގެ ރަސްކަލުންނަށް ކިސްރާ، ރޫމްގެ ރަސްކަލުންނަށް ޤައިސަރު، ތުރުކީގެ ރަސްކަލުންނަށް ޚާޤާން، ޔަމަނުގެ ރަސްކަލުންނަށް ތުއްބަޢު، ހަބްޝާގެ ރަސްކަލުންނަށް ނަޖާޝީ، އަދި ހިންދުސްތާނުގެ ރަސްކަލުންނަށް ބަތުލައިމޫސްކިޔާ ފަދައިންނެވެ.
މުސާގެ ފާނުންގެ ޒަމާނުގައި އުޅުނު فِرْعَوْن ގެ ނަމަކީ الوليد بن مصعب بن الريان އެވެ. ބުނެވޭ ގޮތުގައި فِرْعَوْن ގެ އަސްލު ނިސްބަތްވަނީ ފާރިސް ކަރައިގެ އިޞްތަޚުރު އޭ ކިޔުނު ރަށަށެވެ.
فِرْعَوْن އާ ބެހޭ މިވާހަކަތަކަކީ ތާރީޚީ ވާހަކަ ތަކެކެވެ. މިއީ އެއްވެސް ޞައްޙަ ސަނަދަކުން އައިސްފައިވާ ވާހަކައެއްކަން އެނގިފައެއްނުވެއެވެ. ނަމަވެސް މިއީ މަޝްހޫރު ވާހަކަ ތަކެކެވެ. ކޮންމެ ގޮތެއްވިޔަސް އެއީ ﷲގެ ލަޢުނަތް ލިބިފައިވާ މީހެކެވެ.
] يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ [ އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ.
فِرْعَوْن އާއި އޭނާގެ އަތުބާޢުން ބަނޫ އިސްރާއީލްގެ މިހުންނަށް ދިން އަނިޔާ ތައްކަމުގައި ތަފްސީރު ފޮތްތަކުގައި އައިސްފައިވެއެވެ. އެމީހުން ބަނޫ އިސްރާއީލްގެ މީހުންލައްވާ ބުރަ މަސައްކަތް ކުރުވައެވެ. ދަނޑު ހެއްދުމާއި، ގޮވާންކުރުމާއި، ޢިމާރާތްތައް ބިނާކުރުވުން ފަދަ ބުރަ މަސައްކަތްތައް ކުރުވާ ހެދިއެވެ.
فِرْعَوْن ބަނޫ އިސްރާއިލްގެ މީހުންގެ ފިރިހެން ދަރިންޛަބްޙު ކުރަން ފެށި ސަބަބެއް ކަމުގައި ތާރީޚްގައި ބާޔާން ކުރެވިފައިވެއެވެ. އެއްރެޔަކު فِرْعَوْن އަށް ހުވަފެނެއް ފެނުނެވެ. އޭނާއަށް ފެނުނީ އަލިފާން ގަނޑެއް ބައިތުލް މަޤްދިސް އާ ދިމާއިން އައިސް ބަނޫ އިސްރާއީލްގެ މީހުން ދޫކޮށް ޤިބްޠީން އަންދާލާ ތަނެވެ. އަދި މސްރުގެ ގެތައް ސުންނާފަތި ކޮށް ހަލާކު ކޮށްލި ތަނެވެ. މިހުވަފެން ފެނުމުން فِرْعَوْن ސިހުރުވެރިންނާ،ނުޖޫމީ ޢިލްމުވެރިންނާއި ކާހިނުންގެނެސް އެހުވަފެނާ ބެހޭގޮތުން ސުވާލުކުރިއެވެ. އެމީހުން ބުންޏެވެ. ބައިތުލް މަޤްދިސްއިން މިރަށަށް އައި މީހުންގެ ތެރެއިން މީހަކު އުފަންވާ ހުއްޓެވެ. މިޞްރު ހަލާކުވުންވަނީ އޭނާގެ އަތްމަތީގައެވެ.
މިވާހަކައަކީ ކިހާ ޞައްޙަ ވާހަކައެއްކަމެއް ކަނޑައެޅިގެން އެނގޭކަށްނެތެވެ. ނަމަވެސް މިވާހަކަ އާ ޛަބްޙުކުރުމާ ގުޅުން އެބަހުއްޓެވެ. މިއީ އެކަން فِرْعَوْن ކުރަން ފެށި ސަބަބުކަމުގައި ވެދާނެއެވެ.
] وَفِي ذَٰلِكُم بَلَاءٌ مِّن رَّبِّكُمْ عَظِيمٌ [ އަދި އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ.
މިގޮތަށް މިއާޔަތުގެ ފަހުބައި މާނަކުރެވިފައި އެވަނީ بَلَاء ގެ މާނައަކީ އިމްތިޙާންކަމުގައި ބަލާފައެވެ. މިއީ ގިނަ ޢިލްމުވެރީން ބުރަވެ ވަޑައިގަންނަވާ ގޮތެވެ. އަދި މިލަފްޡު  ނިޢުމަތުގެ މާނާ ގައިވެސް ބޭނުންކުރެވެއެވެ. މިގޮތަށް މާނަކުރާނަމަ ބުނެވޭނީ  ތިޔަބައިމީހުން فِرْعَوْن އާ އޭނާއަށް ތަބަޢަވީ މީހުންގެ އެނުބައި ޢަޛާބުން ސަލާމަތް ކުރެއްވުންވަނީ ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތުން އައި ބޮޑު ނިޢްމަތެއް ކަމުގައެވެ.
ابن جرير ވިދާޅުވެފައިވެއެވެ. آل فرعون ގެ ނުބައި ޢަޛާބުން ތިޔަބައިމީހުންގެ ކާބަފައިން ސަލާމަތްކުރެއްވުން އެއީ ﷲ ތިޔަބައިމީހުންނަށް ދެއްވި ބޮޑުވެގެންވާ ނިޢުމަތެކެވެ. ابن عباس އާ علي ابن أبي طلحة ވެސް ވިދާޅުވަނީ މިއީ ﷲގެ ޙަޟްރަތުން ވާ ބޮޑު ނިޢުމަތެކެވެ. مجاهد ވެސް މިފަދައިން ވިދާޅު ވެފައިވެއެވެ.
السدى އާ أبو مالك އާ أبو العالية ވިދާޅުވެފައިވެއެވެ. البلاء ގެ އަޞްލު އަކީ އިޚްތިބާރެވެ. އެއީ ހެޔޮކަންވިޔަސް ނުބައިކަންވިޔަސްމެއެވެ.
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ] وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً [ ( سورة الأنبياء: 35)  އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވައި ގޮތްބައްލަވަމެވެ.


] وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنتُمْ تَنظُرُونَ  [( سورة البقرة: 50)  އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ، ތިޔަބައިމީހުން (غرق ން) ސަލާމަތްކުރައްވައި، ތިޔަބައިމީހުން ބަލަބަލައިތިއްބައި، فرعون ގެ މީހުން غرق ކުރެއްވީމެވެ.
فرعون އާ އޭނާއަށް ތަބަޢަވީމީހުން އުރެދުމުގައި ޙައްދު ފަހަނަ އަޅާދިއުމުން މާތްﷲ އެމީހުންގެ ގާތަށް މޫސާގެފާނު ފޮނުއްވިއެވެ. މޫސާގެފާނު އެމީހުންނަށް މަތިވެރި ޙުއްޖަތްތަކާއި މުޢުޖިޒާތްތައް ދެއްކެވިއެވެ. ނަމަވެސް އޭގެ ތެރެއިން މަދު ބަޔަކު މެނުވީ އީމާނެއް ނުވެއެވެ.
فرعون އާ އޭނާއަށް ތަބަޢަވީ މީހުން ޣަރްޤުކުރެއްވި ގޮތުގެ ވާހަކަ މާތްﷲ الشعراء ސޫރަތުގައި ވަނީ ބަޔާން ކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.]فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِب بِّعَصَاكَ الْبَحْرَ فَانفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ [  ( سورة الشعراء: 63) ފަހެ، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (موسى ގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ.
فرعون ގެ ނުބައިކަމާއި ޖައްބާރުކަން ހައްދު ފަހަނައަޅާ ދިއުމުން މޫސާގެފާނު މާތްﷲގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ.
] وَقَالَ مُوسَىٰ رَبَّنَا إِنَّكَ آتَيْتَ فِرْعَوْنَ وَمَلَأَهُ زِينَةً وَأَمْوَالًا فِي الْحَيَاةِ الدُّنْيَا رَبَّنَا لِيُضِلُّوا عَن سَبِيلِكَ رَبَّنَا اطْمِسْ عَلَىٰ أَمْوَالِهِمْ وَاشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ   [ ( سورة يونس: 88) موسى ގެފާނު ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ فرعون އަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި، މުދާތައް ދެއްވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ.! (އެތަކެތިން) އެއުރެން އިބަރަސްކަލާނގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އެއުރެންގެ މުދާތައް ހަލާކު ކުރައްވައި، ނެތިކުރައްވާނދޭވެ! އަދި އެއުރެންގެ ހިތްތައް ހަރުކަށިކުރައްވައި، ސިއްކަޖައްސަވާނދޭވެ! ފަހެ، އެއުރެންނަށް ވޭންދެނިވި عذاب ފެނިއްޖައުމަށް ދާންދެން، އެއުރެން إيمان އެއް ނުވާނެތެވެ.
މާތްﷲ މޫސާގެފާނުގެ މިދުޢާ އިޖާބަކޮށްދެއްވިއެވެ. فرعون ގެ އުނދަގޫތައް ބޮޑުވުމުން މޫސާގެފާނު މިޞްރުން ނިކުމެވަޑައިގަތެވެ. މިޚަބަރު فرعون އަށް ލިބުމުން ބޮޑު ލަޝްކަރެއް ތައްޔާރުކޮށް މޫސާގެފާނު ފަހަތްޕުޅުން ނުކުތެވެ. ހެނދުނު ވީއިރު މޫސާގެފާނުގެ ލަޝްކަރަށް ތިބެވުނީ ކަނޑުގެ އަށްސޭރީގައެވެ. ފަހަތުން فرعون ގެ ލަޝްކަރު ފެނެއެވެ.
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ] وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَـٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ [  ( سورة يونس: 90) ކަނޑުހުރަސް ކުރައްވައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން ގެންދެވީމެވެ. ފަހެ، فرعون އާއި، އޭނާގެ لشكر ދެކޮޅުވެރިކަމާއި، عداوة ތެރިކަމުގެ ގޮތުގައި އެއުރެންގެ ފަހަތުން ދިޔައޫއެވެ. ދެން އެ فرعون، غرق ވީހިނދު އޭނާ ބުންޏެވެ. إسـرآءيـل ގެދަރިން إيمان ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން إيمان ވެއްޖައީމެވެ. އަދި އަހުރެން ވަނީ مسلم ންގެ ތެރެއިންނެވެ.
އޭނާގެ މިވާހަކައަށް ރައްދު ދެއްވާ މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ] آلْآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ .فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً  وَإِنَّ كَثِيرًا مِّنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ [  ( سورة يونس: 91-92) އެވަގުތު (فرعون އަށް އެންގެވިއެވެ) ކަލޭ ތިޔަ إيمان ވީ މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ. ފަހެ، ތިމަންރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތްކުރައްވާހުށީމެވެ. އެއީ، ކަލޭގެފަހުން އަންނަބަޔަކަށް، عبرة އެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ތިމަންރަސްކަލާނގެ آية ތަކާމެދު (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ހެކިތަކާމެދު) غافل ވެގެންކަން ކަށަވަރެވެ.
އިސްވެދިޔަ އާޔަތްތަކުން މާތްﷲ އަންގަވާ ދެއްވާފައި އެވަނީ މާތްﷲ ބަނޫ އިސްރާއީލްގެ މިހުން ސަލާމަތްކުރައްވާ فرعون އާ އޭނާގެ ލަޝްކަރު ޣަރަގު ކުރެއްވި ވާހަކައެވެ. ނަމަވެސް އެއީ ކޮންދުވަހެއްކަން ޛިކުރު ނުކުރައްވައެވެ.
عن ابن عباس قال: قدم النبي صلى الله عليه وسلم المدينة فرأى اليهود يصومون يوم عاشوراء فقال: ما هذا اليوم الذي تصومون؟ قال هذا يوم صالح, هذا يوم نجى الله عزوجل فيه بني إسرائيل من عدوهم. فصامه موسى عليه السلام. فقال النبي صلى الله عليه وسلم: أنا أحق بموسى منكم. فصامه رسول الله صلى الله عليه وسلم وأمر بصومه.
 ابن عباس ގެކިބައިން ރިވާ ވެފައިވެއެވެ. ސަލާމާތް ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު މަދީނާއަށް ވަޑައިގެން އުޅުއްވަނިކޮށް (މަދީނާގެ ޔަހޫދީން) ޢާޝޫރަ ދުވަހު ރޯދައަށް ތިއްބާ ދެކެވަޑައިގަތެވެ. ދެން ކީރިތި ރަސޫލާ صلى الله عليه وسلم އެމީހުންނަށް ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ރޯދާ ހިފާ މިދުވަހަކީ ކޮން ދުވަހެއްތޯއެވެ؟ އެމީހުން ދެންނެވިއެވެ. މިއީ ބޮޑު ދުވަހެކެވެ. ނުވަތަ މާތް މަތިވެރި ދުވަހެކެވެ. މިއަދަކީ މާތްﷲ މޫސާގެފާނު އެކަލޭގެފާނުންގެ ޤައުމުގެ މީހުން ސަލާމަތްކުރައްވާ فرعون އާ އޭނާގެ ލަޝްކަރު ޣަރަޤު ކުރެއްވި ދުވަހެވެ. ދެން ފަހެ ޝުކުރު އަދާކުރެއްވުމުގެ ގޮތުން މުސާގެފާނުވެސް ރޯދަ ހިއްޕެވުމުން ތިމަންމެންވެސް ރޯދަ ހިފަނީއެވެ. އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންނަށްވުރެން ބޮޑަށް ތިމަންމެން މުސާގެފާނުގެ އެކަމަށް ތަބަޢަވެ ރޯދަހިފުން ޙައްޤުކަމާއި އަޢުލާކަން މާބޮޑެވެ. ދެން ރަސޫލާ صلى الله عليه وسلم ރޯދަ ހިއްޕެވިއެވެ. އަދި އެދުވަހު ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ. (صحيح مسلم 2658)
] وَإِذْ وَاعَدْنَا مُوسَىٰ أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِن بَعْدِهِ وَأَنتُمْ ظَالِمُونَ [  ( سورة البقرة: 51)
އަދި موسى ގެފާނަށް، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ ميعاد އެއް ކަނޑައެޅުއްވިހިނދު، ހަނދުމަކުރާށެވެ! ދެން އެއަށްފަހު (ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް) ތިޔަބައިމީހުން އަނިޔާވެރިވާ حال ގައި ގެރިއަކީ إله އަކު ކަމުގައި ހަދައިގެން އުޅުނީމުއެވެ.
] ثُمَّ عَفَوْنَا عَنكُم مِّن بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ [( سورة البقرة: 52) ދެން އެކަންތަކަށް ފަހުގައި (އެކަމުގެކުށް) ތިޔަބައިމީހުންގެ ކިބައިން ތިމަންރަސްކަލާނގެ عفو ކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ.
ތަފްސީރު ޢިލްމުވެރިން ވިދާޅުވާގޮތުގައި މިސާޅީސްރޭ އަކީ ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހުގެ ދިހައެކެވެ. މިކަމެއް ހިނގީ އެކަލޭގެފާނު ކަނޑު ހުރަސްކުރައްވާ ވަޑައިގަތުމަށްފަހުގައެވެ. އެއީ މޫސާ ޢަލައިހިއްސަލާމް ގެ ޤައުމުގެ މީހުން އެމީހުންނަށް ﷲ ތަޢާލާ ގެ ހަޟްރަތުން ފޮތެއް ބަވާލެއްވުމަށް އެދި ދެންނެވުމުންނެވެ. ދެން އެކަލޭގެފާނު ޠޫރު ފަރުބަދައާ ދިމާއަށް ނުކުމެ ވަޑައިގަތީ ބަނޫ އިސްރާއީލުގެ މިހުންގެ ތެރެއިން ރަނގަޅު 70 ވަރަކަށް ބޭކަލުންނާއެކުގައެވެ. މާތްﷲ الأعراف ސޫރަތުގައިވެސް މިވާހަކަ ބަޔާންކުރައްވާފައިވެއެވެ.
] وَوَاعَدْنَا مُوسَىٰ ثَلَاثِينَ لَيْلَةً وَأَتْمَمْنَاهَا بِعَشْرٍ فَتَمَّ مِيقَاتُ رَبِّهِ أَرْبَعِينَ لَيْلَةً ۚ وَقَالَ مُوسَىٰ لِأَخِيهِ هَارُونَ اخْلُفْنِي فِي قَوْمِي وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ الْمُفْسِدِينَ [ ( سورة الأعراف: 142)  (ބަސް وحى ކުރެއްވުމަށާއި، توراة ބާވައިލެއްވުމަށް) ތިރީސް ރޭގެ މުއްދަތެއް ތިމަންރަސްކަލާނގެ موسى ގެފާނަށް ކަނޑައަޅުއްވައި ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވައި، ފުރިހަމަ ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތު ސާޅީސް ރޭ ފުރިހަމަވިއެވެ. އަދި موسى ގެފާނު އެކަލޭގެފާނުގެ أخ، هارون ގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ قوم ގެމީހުންގެ ތެރޭގައި ތިމަންކަލޭގެފާނުގެ ބަދަލުގައި ހުންނަވާށެވެ! އަދި إصلاح ކުރައްވާށެވެ! އަދި فساد ކުރާ މީހުންގެ މަގަށް تبع ވެވަޑައިނުގަންނަވާށެވެ!
موسى عليه السلام طور ގައި މަޑުކުރައްވާ الله ތަޢާލާއަށް މުނާޖާ ދަންނަވާ ޘަނާ ދެންނެވިއެވެ. موسى عليه السلام طور އަށް ވަދެވަޑައިގެންނެވި މުއްދަތު ގެ ތެރޭގައި ބަނޫ އިސްރާއިލްގެ ތެރެއިން السامري އޭ ކިޔުނު މީހަކު ބަނޫ އިސްރާއީލްގެ މީހުންގެ އަތުގައިވާ ގަހަނާތައް ހޯދައި އެއިން ގެރީގެ ދަރިއެއް ހެދިއެވެ. މިއާޔަތުގައި މިވާ الْعِجْل އަކީ މިއެވެ. ޤުރުޠުބީ ވިދާޅުވެފައިވެއެވެ. އެންމެ ފުރަތަމަ ވަޖުދުވީ މީހުންނަކީ السامري ގެ އަޞްޙާބުންނެވެ. އޭނާގެ އެކުވެރިންނެވެ. ދެން އެމީހުންގެ މިނުބައި ޢަމަލުއަށް ހާރޫނުގެފާނު ނަޞޭހަތް ދެއްވިއެވެ.
] وَلَقَدْ قَالَ لَهُمْ هَارُونُ مِن قَبْلُ يَا قَوْمِ إِنَّمَا فُتِنتُم بِهِ  وَإِنَّ رَبَّكُمُ الرَّحْمَـٰنُ فَاتَّبِعُونِي وَأَطِيعُوا أَمْرِي  [( سورة طه: 90)
ހަމަކަށަވަރުން، މީގެކުރިން هارون ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އެ ގެރި މެދުވެރިކޮށް ތިޔަބައިމީހުން امتحان ކުރެއްވީކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، رحمن ވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تبع ވާށެވެ! އަދި ތިމަންކަލޭގެފާނުގެ أمر އަށް ކިޔަމަންވާށެވެ!
ދެން موسى عليه السلام އެމީހުންގެ ގާތަށް އެނބުރި ވަޑައިގެންނެވިއެވެ. އެމީހުން އެކުޅަ ނުބައި ކަންތައްތައް އެނގި ވަޑައިގެން ކޯފާ އިސްކުރައްވާ ވަޑައިގެން ހުންނެވި ޙާލުގައެވެ.
ދެން ގެރީގެ ދަރިއަށް އަޅުކަންކުރި މީހުންނާ ބެހޭގޮތުން މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
] إِنَّ الَّذِينَ اتَّخَذُوا الْعِجْلَ سَيَنَالُهُمْ غَضَبٌ مِّن رَّبِّهِمْ وَذِلَّةٌ فِي الْحَيَاةِ الدُّنْيَا  وَكَذَٰلِكَ نَجْزِي الْمُفْتَرِينَ [ ( سورة الأعراف: 152)
ހަމަކަށަވަރުން، ގެރިޔަކީ، إله އެއްކަމުގައި ހަދައިގެން އުޅުނުމީހުންނަށް، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ކޯފާއާއި، ދުނިޔޭގެ ދިރިއުޅުމުގައި ނިކަމެތިކަން ލިބޭހުށްޓެވެ. އަދި ދޮގު އުފައްދާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
ދެން އެއަށްފަހު ބަނޫ އިސްރާއީލްގެ މީހުން އެމީހުންނަށް ކުރެވުނީ ވަރަށްގޯސް ކަމެއްކަން ރަނގަޅަށް އެނގުމުން އެމީހުން އެކަމާ ހިތާމަ ކުރިއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
] وَلَمَّا سُقِطَ فِي أَيْدِيهِمْ وَرَأَوْا أَنَّهُمْ قَدْ ضَلُّوا قَالُوا لَئِن لَّمْ يَرْحَمْنَا رَبُّنَا وَيَغْفِرْ لَنَا لَنَكُونَنَّ مِنَ الْخَاسِرِينَ[ ( سورة الأعراف: 149)
އެއުރެން (އެކުޅަ ކަންތަކާމެދު) ދެރަވެ، ހިތާމަލިބި، އަދި އެއުރެންނަށް މަގު އޮޅިއްޖެކަމަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ތިމަންމެންނަށް رحمة ނުލެއްވިނަމަ، އަދި ތިމަންމެންނަށް ފާފަފުއްސަވައި ނުދެއްވިނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
ދެން ސޫރަތުލް ބަޤަރާގައި ﷲ ތަޢާލާ އެކަން ޢަފޫކުރެއްވި ކަން އަންގަވާ ވަޙީ ކުރެއްވީ ] ثُمَّ عَفَوْنَا عَنكُم مِّن بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ [  ( سورة البقرة: 52) ދެން އެކަންތަކަށް ފަހުގައި (އެކަމުގެ ކުށް) ތިޔަބައިމީހުންގެ ކިބައިން ތިމަންރަސްކަލާނގެ عفو ކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ.
] وَإِذْ آتَيْنَا مُوسَى الْكِتَابَ وَالْفُرْقَانَ لَعَلَّكُمْ تَهْتَدُونَ [  ( سورة البقرة: 53) އަދި ތިމަންރަސްކަލާނގެ موسى ގެފާނަށް حق އާއި باطل ވަކިކުރަނިވި ފޮތް (އެބަހީ: توراة) ދެއްވިހިނދު، ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން، އެއިން ތެދުމަގު ލިބިގަތުމަށްޓަކައެވެ.
މޫސާގެފާނުގެ ނަށްފުޅާއި ނަސަބުފުޅާއިމެދު ތާރީޚް ޢިލްމުވެރިން ބަޔާންކުރައްވަނީ މިފަދައިންނެވެ. موسى بن عمران قاهث بن عازر بن لاوي بن يعقوب بن اسحاق بن إبراهيم عليهم السلام އެވެ. މޫސާގެފާނަކީ ރަސޫލު ބޭކަލެކެވެ. އަދި ނަބީ ބޭކަލެއްވެސްމެއެވެ. އަދި طور ކައިރީގައި މާތްﷲ އެކަލޭގެފާނަށް އެއްވެސް މެދުވެރިއަކާއިނުލާ ބަސްވަޙީ ކުރެއްވިއެވެ. (البداية والنهاية لإبن كثير )
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ] وَاذْكُرْ فِي الْكِتَابِ مُوسَىٰ إِنَّهُ كَانَ مُخْلَصًا وَكَانَ رَسُولًا نَّبِيًّا [  ( سورة مريم: 51)
ކަލޭގެފާނު މިފޮތުން موسى ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، خيار ކުރައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ.
މުސާގެފާނަށް މާތްﷲ ފޮތް ބާވާލެއްވިއެވެ. އަދި ފައުޅުވެގެންވާ ތަފާތު މުޢުޖިޒާތްތައް ދެއްވިއެވެ. އެކަން ބަޔާންކުރައްވާ މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ] وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ [  ( سورة القصص: 43) އަދި ހަމަކަށަވަރުން، އިހުގެ جيل ތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرة އެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
ކީރިތި ޤުރުއާނުން ޘާބިތުވާގޮތުގައި މާތްﷲ موسى عليه السلام އަށް 9 މުޢުޖިޒާތް ދެއްވިއެވެ. އެކަން ބަޔާން ކުރައްވާ އެކަލާނގެ ވަހީ ކުރައްވާފައިވެއެވެ. ] وَلَقَدْ آتَيْنَا مُوسَىٰ تِسْعَ آيَاتٍ بَيِّنَاتٍ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًا [  ( سورة الإسراء: 101)  ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ފާޅުވެ ބަޔާންވެގެންވާ ނުވަ معجزة އެއް، موسى ގެފާނަށް ދެއްވީމެވެ. ފަހެ، އެކަލޭގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު (ކަންހިނގިގޮތް) إسـرآءيـل ގެދަރިންކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ! ފަހެ، فرعون، އެކަލޭގެފާނަށް ދެންނެވިއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، ކަލޭގެފާނަށް سحر ޖެހިފައިވާ ކަމަށެވެ.
އެހިނދު އޭގެ ޖަވާބުގައި  فرعون ށް موسى عليه السلام ވިދާޅުވީ މިފަދައިންނެވެ. ] قَالَ لَقَدْ عَلِمْتَ مَا أَنزَلَ هَـٰؤُلَاءِ إِلَّا رَبُّ السَّمَاوَاتِ وَالْأَرْضِ بَصَائِرَ وَإِنِّي لَأَظُنُّكَ يَا فِرْعَوْنُ مَثْبُورًا [  ( سورة الإسراء: 102)  އެކަލޭގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، ބަޔާންވެގެންވާ عبرة ތަކެއް ކަމުގައި މި معجزة ތައް ބާވައިލެއްވީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެންފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ. އޭ فرعون އެވެ! ހަމަކަށަވަރުން، އަހުރެންނަށް يقين ވަނީ، ކަލެއަކީ ގެއްލި ހަލާކުވެފައިވާ މީހެއް ކަމުގައެވެ.
މާތް ﷲ މޫސާގެފާނަށް ދެއްވި 9 މުޢުޖިޒާތުގެ ތެރޭގައި: ޢަޞާކޮޅު ހަރުފައަކަށްވުން، އަތްތިލަފުޅު ހުދުވުން ނުވަތަ އަލިވުން، ތަދުމަޑުކަން، މޭވާ މަދުވުން، ޠޫފާން، ގޮތްފުޅަނގި، އުކުނު، ބޮއް، ލޭ މިއެވެ. މި9 މުޢުޖިޒާތުގެ ވާހަކަ سورة الأعراف ގައި 117 ވަނަ އާޔަތާ 133ވަނަ އާޔަތުގައި އައިސްފައިވެއެވެ.
] وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ [  ( سورة البقرة: 30)  ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
މިއާޔަތުގައި އެކަލާނގެ މި ޚަބަރު ކުރައްވަނީ ނެތުމުގެ ތެރޭގައި އިންސާނާ ވީ ހިނދު އާދަމުގެ ދަރީން ބިމުގައި ލެއްވުމަށް އިރާދަކުރެއްވި ހިނދު ގެ ވާހަކައެވެ.
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ] وَهُوَ الَّذِي جَعَلَكُمْ خَلَائِفَ الْأَرْضِ  [( سورة الأنعام: 165) އެކަލާނގެއީ، ބިމުގެ خليفة އިން ކަމުގައި، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ.

No comments:

Post a Comment