Monday, June 27, 2011

ބަނގުރާބޯމީހުން ކިޔައިނުދޭ ވާހަކަތައް

ދިވެހި ޒުވާނުންގެ ދެބައިކުޅަ އެއްބަޔަކީ މަސްތުވާ ތަކެތީގައި ބީހެމުންދާ ޒުވާނުންކަމަށް ބުނާއަޑު މީގެ ވިއްސަކަށް އަހަރު ކުރީންވެސް ހުންނާނީ މިރާއްޖެއިން އަޑުއިވިފައެވެ. އެކަމަކު ކުރީން ގެންގުޅޭ މަސްތުވާތަކެތީގެ ތެރޭގައި ބަނގުރާ ގެންގުޅެފައި ހުންނަނީ ވަރަށް މަދުން ކަމުގައި ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް އޭރު ފަސޭހައިން ލިބެނީ ޑްރަގްގެ ހިކި ސާމާނުތަކާއި އާތްވެވެ. ބަނގުރާ އޭރަކު އަދި އަތްފޯރާ ހިސާބަކަށް އައިސްފާވާކަމަކަށް ރިޕޯޓް ތަކަކުން ނުދައްކައެވެ. ކޮންމެއަކަސް މިހާރަކު ބަނގުރަލެއް ޢާއްމުވެގެން މިއުޅޭ މިންވަރަކީ ވިޔަފާރިގެއަކުން މުއްދަތު ހަމަވެ އެކްސްޕެއާ ވާތީ ނުއަގުގައި މުދަލެއް ހުސްކުރަން ސޭލް އަޅުވާފައި ހުންނަވަރަށް ވުރެވެސް މަތީ މިންވަރަކަށެވެ. ބަނގުރާބޯ މީހުންވެސް ބަނގުރާ ބުއިމަކީ ރަނގަޅު މީހަކު ކުރާނެ ކަމެއްކަމުގައި ފިޠުރީ ގޮތުން ނުމެ ދެކޭމެއެވެ. ދެން ކަށީގައި ހިފީމާ ކުރެވެނީ އެވެ. އަނެއް ބަޔަކު ގޮތް ދައްކާލަން ބޮނީއެވެ. ތިރީގައި މިލިޔެލަނީ ބަނގުރަލާއި ގުޅިފައިވާ ވަރަށް ނުރައްކާތެރި ބިރުވެރި ކަންކަމުގެ ތެރެއިންބައެއް ކަންކަމެވެ. ނަމަވެސް މިއިން ކަމެއް ބަނގުރާ ބޯމީހުންނަށް އެނގި ހުރެމެ ނުކިޔައިދޭތަނުގައި އެހެންމީހުން މީގެތެރެއަށް ވައްދާ އެއްކަހަލަ މީހުންނަށް ހެދުމަށް މަސައްކަތް ކުރެތެވެ. ޙާލަކުން މީހަކު ނޫނީ މާރާމާރީއަކީވެސް ބަނގުރަލުގެ ސަބަބުން ގިނަވާކަމެއް ކަމުގައި ރޭޑިއޯ ޚިޠޯބު ކަހަލަ ވާހަކަ އަކުންވެސް ތިބޭނީ ނުބުނާށެވެ.


ނަފްސަށް ކުރާ އަސަރު:


-1ބޮޑު ފާފައަކަށް އަރައިގަނެވިފައި.
-2މީހާ ގެ ރުޅި ހިސާބަށް ވުރެ މަތި ވޭ.
-3މޫނު މަތީގެ ރީތި ކަން ގެއްލި ނުތަވަސްކަން ވެރިވޭ.
-4ރުޅި ގަދަވެ ހަމައިން ނެއްޓުމުގެ އާދަ ހަމައިގަ ހުންނަ އިރުވެސް އަށަގަނޭ.
-5ހަނދާން ބަލިވުން.
-6ޖިންސީ ބާރު ދަށް ވުން.
-7އުމުރުން ދުވަސްވީ ވަރަކަށް ޖިންސީ ބާރު ނިކަމެތިވެ ގެއްލުން ވުން.
-8ނާރުތަކުގެ ބާރު ދެރަވުން.
-9މީހުންނާއި މެދު ޝައްކާއި ވަހުމު ގިނަ ވުން.
-10އަމިއްލަ ޒިއްމާތަށް އިންތިޒާމުން ނެއްޓި ބޮއްސުން ލުން.
- 11ހުރިހާ އެންމެންނަކީ ވެސް ނުބައި މީހުންކަމާއި ރަނގަޅު މީހަކު ނުހުންނާނެ ކަމުގައި ވިސްނުން.
-12ލަފާ މީހުން ނުލަފާ މީހުންނަށް ހެދުމުގެ ވިސްނުން އުފެދުން.
-13ޞިއްޙީ ބަލިމަޑުކަން.
-14ހަމުގެ ބަލިތަށް
-15ރަހަ ބެލުމުގެ ނިޒާމް ކަންފަތިވުން.
-16ސިކުނޑީގެ ނާރުތަށް ހަލާކުވުން.
-17އެހެން ހުރިހާ ފާފައަކަށް އަރައިގަންނަން ފަސޭހަ ވުން.
-18ދޮގު ހެދުން ޢާއްމު ވުން.
-19އަބުރު ގެއްލުން.
-20އަޚްލާޤެއް ނެތި ޙަޔާތް ކުޑަ ވުން.
-21އޭނާޔަށް އޭނާ ފެނުން.
-22ދީނަކަށް އުޅެން ބޭނުންނުވުން.


އަނބި/ފިރީންނަށާއި ދަރީންނަށާއި މުޖްތަމަޢުއަށް ކުރާ އަސަރު:


-1އަނބި މީހާޔަށް އަނިޔާކުރުން.
-2އަބަދު ދޮގު ހެދުމާއި އޮޅުވައި ލުން.
-3ދަރީންނާ ހަޑިކޮށް މުއާމަލާތް ކޮށް ދަރީން ގެ ތަރުބިއްޔަތު ހަލާކު ކޮއްލުން.
-4ދޭދޭ ދެމީހުން ދޭތެރެ ޖެއްސުން.
-5މުޖުތަމަޢު ގައި ބަނގުރާ ޢާއްމު ކުރުމަށް މަސައްކަތް ކުރުން.
-6މާރާމާރީ.
-7ގެދޮރާއި ދަނޑު ފަނގު ޚަރާބު ކުރުން.
-8ޢާއިލީ ގުޅުމަށް އިޙްތިރާމްކެނޑުން.
-9މައިން ބަފައިން ކުރިމަތީ ލަދު ޙަޔާތް ނެތި ކަންކަން ކުރުން.
-10ޒުވާބު ކުރުން.
-11ވައްކަން ކުރުމަށް ދެވި ހިފުން.
-12ފޭރުން.
-13އޮރިޔާން ކަމަށް ލޯބި ކުރުން.
-14އަމާނާތް ތެރިކަމެއް ނެތުން.
-15ވަފާތެރިކަންގެއްލި ޚިޔާނާތް އަށަގަތުން.
-16މީހުން ގެ ދިރި އުޅުންތަށް ހަލާކުކުރުން.
-17މުޖުތަމައު ގެ އަމާން ކަން ނަގާލުން.
-18މީހުންނަށް އޮޅުވާލައިގެން ބޭނުންވާ ކަންކަން ޙާސިލް ކުރުން.
-19ބޭރު ފުށުން ޑީސެންޓުވާން މަސައްކަތް ކުރުން.
-20ގޭންގު ފަސާދަ އަށް ލޯބިކުރުން.
-21އެއްޖިންސުގެފަރާތަށްލެނބުން.
-22ލަފާމީހުންގެ އަބުރު ހަޑިކުރާން ރާވައިހިންގުން.
-23މީގެމީހުން މުޅިޤައުމު ސުންނާފަތިވެ ތަރައްޤީ ނުވެ ހުއްޓުން އެރުން.
-24އިސްލާޙް ކުރަން ބޭނުން ބަޔަކަށް މަދުވެގެން 10ވަރަކަށް އަހަރަށް އެކަން އުދަނގޫވުން.

No comments:

Post a Comment