އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ ފިރިހެނުންނާއި އަންހެނުން ދެޖިންސުގެ މީހުނަށްވެސް ހުއްދަވެގެން ވާކަމެއް ނޫނެވެ. ޖިންސީ އެދުން ފުއްދުން ހަލާލުވެގެންވާ ހަމައެކަނި މަގަކީ ކައިވެންޏެވެ. ތިމާގެ ހަލާލު އަނބިމީހާގެ ގާތުންނެވެ. މާތް ﷲގެ ބަސްފުޅުގައި ވެއެވެ.] والذين هم لفروجهم حافظون . إلا على أزواجهم أو ما ملكت أيمانهم فإنهم غير ملومين . فمن ابتغى وراء ذلك فأولئك هم العادون[ 4-6 سورة المؤمنون މާނައީ: “އަދި )މުއުމިނުންނަކީ( އެބައިމީހުންގެ ފަރުޖުތައް ރައްކާތެރިކުރާ މީހުންނެވެ. އެބައިމީހުންގެ އަނބިންނާއި އެމީހުންގެ މިލްކުގައިވާ އަޅުއަންހެނާ އާޢި ދެމަގު ފިޔަވައެވެ. އެދެގޮތުން ޖިންސީ އެދުން ފުއްދާ މީހުންނަކީ މަލާމާތް ލިބިގެންވާ ބައެއް ނޫނެވެ. އަދި އެއާ ޚިލާފަށް މަސައްކަތް ކޮށްފި މީހަކީ ހައްދުފަހަނަ އަޅައިފައިވާ ބައެކެވެ.”
އަނބިންނާއި އަޅު އަންހެނާގެ ގާތުން ޖިންސީ އެދުން ފުއްދުމަކީ ހަލާލު ދެމަގެވެ. ނަމަވެސް އެއްވެސް މީހަކު އަނެކާ އަޅުވެތި ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަޅުންނަކީ ހަނގުރާމައިގައި މިލްކުވާ ބައެކެވެ. އެއީ އިސްލާމް ދީން އައުމުގެ ކުރީގައި ދުނިޔޭގައި އޮއިތް ގަވާއިދެކެވެ. އެގަވާއިދު ބާޠިލު ނުވެ އޮތީއެވެ. މިހާރުގެ އެއްބަސްވުންތަކުން އެއްވެސް ބަޔަކަށް އަނެއް ބަޔަކު އަޅުވެތި ކުރުމެއް ނުވެއެވެ. އެމުޢާހަދާގައި ހިފަހައްޓަން ޖެހޭނެއެވެ. ވީމައި މިހާރު އަޅުންނެއް ނޫޅެއެވެ. މިހާރު ޖިންސީ އެދުން ފުއްދުމުގެ ހަލާލު އޮތީ އެންމެ މަގެކެވެ. އެއީ ކައިވެނީގެ މަގު އެކަންޏެވެ.
ވީމައި ކައިވެންޏެއް ކުރުމުގެ ކުޅަދާނަކަން ނެއް މީހާ ކެތްތެރިވެ، ތިބާގެ ޢިތްފަތް ރައްކާތެރިކުރުމަށް އަމުރުވެވިގެން ވެއެވެ. މާތް ވަހީކުރައްވާފައިވެއވެ. ( وَلْيَسْتَعْفِفْ الَّذِينَ لا يَجِدُونَ نِكَاحًا حَتَّى يُغْنِيَهُمْ اللَّهُ مِنْ فَضْلِهِ ) މާނައީ: “ކައިވެންޏެއް ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހުން މާތް ﷲ އެކަލާނގެ ފަޟްލުވަންތަވެރިކަމުން އެމީހަކަށް ކައިވެންޏެއް ކުރުމުގެ ކުޅަދާނަކަން ދެއްވަންދެން ޢިތްފަތް ރައްކާތެރިކުރާށެވެ.” އަމިއްލައތުން ތިބާގެ އެދުން ފުއްދުން ހުއްދަ ނޫންކަމުގައި މި ދެއާޔަތުން އިނގެއެވެ. އެއީ ޢިތްފަތްތެރިކަމާއި މުޅިން ޚިލާފު ކަމެކެވެ. އަދި އިތުރު އެކަލޣޭފަނުން ހަދީޘްކުރެއްވިއެވެ. وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ ( حماية من الوقوع في الحرام ) رواه البخاري فتح رقم 5066 .
“ކައިވެންޏެއް ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާ ރޯދަ ހިފާށެވެ. އެއީ ޢިތްފަތް ރައްކާތކޮށް ޖިންސީ އެދުންތައް ކޮންޓްރޯލް ކުރުމަށް ވާގި ލިބޭނެކަމެކެވެ.
ވީމައި އަމިއްލަޔަށް އެދުން ފުއްދުމުގެ ނުބައި އާދަ ދޫކޮށްލުމަކީ ލާޒިމު ކަމެކެވެ. އެޢަމަލު ކުރާ މީހާގެ މައްޗަށް ވީއެއްމެ އަވަހަކަށް ކައިވެނި ކުރުން ވާޖިބުވެގެން ވެއެވެ. އެއީ އެކަމުން ދުރުވުމުގެ އެއްމެ ފަސޭހަ މަގެވެ. އަދި ކައިވެނި ކުރުމަށް ކުޅަދާނަ ނޫންނަމަ ކުޅަދާނަކަން ލިބެންދެން ރޯދަ ހިފުން ގިނަ ކުރުމާއި ޖިންސީ ޝަހުވަތް އިތުރު ކުރާފަ ދަ އަމަލުތަކުން ދުރުހެލި ވާށެވެ. އަދި ލޯތިރިކޮށް ޢިތްފަތް ރައްކާކުރާށެވެ. އަދި ހަލާލު މަގުފިޔަވައި އެހެން ގޮތަކަށް އެދުން ފުއްދުމަކީ މާތް ﷲގެ ހަޟުރަތުގައި ނުބައިވެގެންވާ ކަމަކެވެ. އަދި ހައްދުފަހަނަ އަޅައިދިޔުމެވެ. ވީމައި އެކަލާނގެ ކޯފާއަށް ބިރުވެތިވާށެވެ. އެއީ ހުރިހާ ކަމަކަށްވުރެ ބޮޑު ނުރައްކަލެކެވެ.
ހަމައެފަދައިން އެކަމުގެ ސިއްހީ ގެއްލުންތަކާއި މެދުވެސް ވިސްނުން ހުއްޓެވެ. ޝައްކެއް ނެތް ގޮތުގައި އިންސާނާއަށް ދެދުނިޔޭގައި ފައިދާހުރި ގޮތަކީ ހަމައެކަނި މާތް ﷲ ޝަރުޢު ކުރައްވާފައިވާ ގޮތެވެ. އެއާއި ޚިލާފުވެގަތުމަކީ އާޚިރަތުގެ ކުރިން މިދުނިޔެމަތީގައވެސް މުސީބާތާއި ވަބާތަކާއި ކުރިމަތިވާނެ ކަމެއްކަން ކަށަވަރެވެ. އަމިއްލައަށް ޖިންސީ އެދުން ފުއްދުމުގެ ސަބަބުން ކުރިމަތިވާ ވަރަށް ގިނަ ގެއްލުންތަކާއި ބަލިތައް ޑޮކްޓަރުން ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި : ލޮލުގެ ފެނުން ކޮށިވުމާއި ނާރުތަކުގެ ބާރު ދަށްވުމާއި ޖިންސީ ގުނަވަނާއި އެބާރު ދަށްވުމާއި އަދިވެސް އެތަކެއް ގެއްލުންތަކެއް ވެއެވެ. ވީމައި މާތް ﷲއަށް ބިރުވެތިވެ ތިބާގެ ނަފްސަށް ރަހުމުކޮށް އެނުބައި އަމަލުން ދުރުވާށެވެ. އަދި ތައުބާވެ ހެޔޮއަމަލު ގިނަކުރާށެވެ.

އާދަމްޝަމީމް.ކޮމް
No comments:
Post a Comment