މިއީ ޤުރުއާނުން ވާހަކަދައަކައި އުޅުނު އަންހެނެއްގެ ވާހަކައެވެ. އޭނާ ވަނީ އަންހެނުންގެ މަޤާމާއި އަދި ޖީލުތަކަށް ރިވެތިވެގެންވާ ނަމޫނާއެއް ހުށަހަޅައިދިން އަންހެނެއް ކަމުގައެވެ. އޭނާގެ ފުރާނަފުޅަށް الله ގެ ރަޙްމަތް ތަނަވަސްކޮށްދެއްވުމަށް އެދި الله سبحانه وتعالى ގެ ޙަޟުރަތުގައި ދަންނަވަމެވެ.
الله ގެ ގެފުޅަށް ޙައްޖުވުމަށާއި ނަބިއްޔާ صلى الله عليه وسلم ގެ މަސްޖިދަށް ޒިޔާރަތް ކުރުމުގެ ބޭނުމުގައި عبد الله بن المبارك އެއްފަހަރަކު ނިކުމެވަޑައިގަތީމެވެ. މަގުމަތީގައި ތިމަންކަލޭގެފާނު ވަނިކޮށް ކަޅު ސޫރައެއް ފެނިވަޑައިގަތެވެ. ފަހެ ތިމަންކަލޭގެފާނު ތަންކޮޅެއް ކައިރިއަށް ދެވުމުން އެއީ ކެހެރި ހެދުމަކާއި ބުރުޤާއެއް އަޅައި ނިވާވެގެން އިން އަންހެނެއްކަން ފާހަގަވިއެވެ.
ފަހެ އަހަރެން ބުނީމެވެ. السلام عليك ورحمة الله وبركاته
ފަހެ އެއަންހެންމީހާ ޖަވާބްދިނެވެ. ] سَلَامٌ قَوْلًا مِّن رَّبٍّ رَّحِيمٍ [ ( سورة يس:58 )
މާނައީ: رحيم ވަންތަ ކަލެއްގެ حضرة ން އިއްވަވާ سلام ގެ ބަސްފުޅެވެ.
އަހަރެން އެއަންހެން މީހާއަށް ބުނީމެވެ. الله ތިބާގެ މައްޗަށް ރަޙްމަތް ލައްވާށިއެވެ! މިތަނުގައި ތިބާ ކީއްކުރަނީ ހެއްޔެވެ؟
އޭނާ ޖަވާބު ދިނެވެ.] سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى [ ( سورة الإسراء:1)
މާނައީ: އެކަލާނގެ ހުސް طاهـر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ.
ފަހެ އެޖަވާބުން އެ އަންހެންމީހާ ޙައްޖުގެ އަޅުކަން އަދާ ކޮށްނިމިގެން مسجد الأقصى އަށް ދާން ބޭނުންވެފައިކަން އަހަރެންނަށް އެނގިވަޑައިގަތެވެ. އަހަރެން އެއަންހެން މީހާއަށް ބުނީމެވެ. ތިބާ މިތަނުގައި ކިހާދުވަހަކު މިހާރު މަޑުކޮށްފިން ހެއްޔެވެ؟
އޭނާ ޖަވާބުދިނެވެ: ] ثَلَاثَ لَيَالٍ سَوِيًّا [ (سورة مريم: 10)
މާނައީ: ފުރިހަމަ ތިންރޭ ވަންދެން .
ފަހެ އަހަރެން ބުނީމެވެ. ކެއުމަށްޓަކައި އެއްވެސް ކަހަލަ ކާތަކެތި ތިބާއަތުގައި ހުރި ތަނެއް އަހަރެންނަކަށް ނުފެނެއެވެ.؟
އޭނާ ޖަވާބުދިނެވެ: ] هُوَ يُطْعِمُنِي وَيَسْقِينِ [ (سورة الشعراء: 79)
މާނައީ: އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ.
ފަހެ އަހަރެން ބުނީމެވެ. ތިބާ ވުޟޫކުރަނީ ކޮންއެއްޗަކުންހެއްޔެވެ؟
އޭނާ ޖަވާބުދިނެވެ. ] فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا [ (سورة النساء: 43)
މާނައީ: ދެން، ތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާ، طاهر ވެލިން ތިޔަބައިމީހުން تيمم ކުރާށެވެ.
އަހަރެން އެއަންހެން މީހާއަށް ބުނީމެވެ. އަހަރެންގެ އަތުގައި ކާނޭ އެއްޗެހި އެބަހުއްޓެވެ. ތިބާ ކާނަށްހެއްޔެވެ؟
އޭނާ ޖަވާބު ދިނެވެ.] ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ [ (سورة البقرة: 187)
މާނައީ: ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ.
ފަހެ އަހަރެން ބުނީމެވެ. އެކަމަކު މިއީ ރަމަޟާންމަހެއް ނޫނެވެ.
އޭނާ ޖަވާބުދިނެވެ:.] وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّـهَ شَاكِرٌ عَلِيمٌ [ (سورة البقرة: 158)
މާނައީ: އަދި (فرض ގެ އިތުރަށް) ހެޔޮކަމެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން اللَّه އީ، (އެފަދަ މީހުންނަށް) شكر ވެރިވެވޮޑިިގެންވާ (އެބަހީ: އެއުރެންނަށް ހެޔޮ ޖަޒާދެއްވާ) މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
No comments:
Post a Comment